އައްޑޫއާއި ކުޅުދުއްފުއްޓާއި ވާވު އަތޮޅުގެ ކާމިޔާބަށްފަހު މިއަދު ޝާހިދު ގުރައިދޫއަށް — ކެމްޕެއިންގެ އެންމެ ކުރީގައި ޝާހިދު

އައްޑޫއާއި ކުޅުދުއްފުއްޓާއި ވާވު އަތޮޅަށް ކުރެއްވި ކާމިޔާބު ކެމްޕެއިން ދަތުރުތަކަށްފަހު، މިއަދު ޢަބްދުﷲ ޝާހިދު ކ. ގުރައިދޫއަށް ކެމްޕެއިނަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫއިން ބޮޑު ސަޕޯޓެއް ލިބުނުއިރު، ކުޅުދުއްފުށިން ޝާހިދަށް މަރުޙަބާ ދެންނެވުމަށް އެއާޕޯޓުގައި އޮތް ސަފު އެއާޕޯޓުން ފެށިގެން ބޭރަށް ދެމިގެން ގޮސްފައިވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ކުޅުދުއްފުށިން ސިޔާސީ ފަރާތަކަށް ދިން އެންމެ ހޫނު މަރުޙަބާއެވެ.
އައްޑޫއަކީ ޢަބްދުﷲ ޝާހިދު ކެމްޕެއިން އިޢުލާން ކުރެއްވި ސިޓީއެވެ. އެ ސިޓީއިން ބޮޑު ތަރުޙީބެއް ލިބުނުއިރު، މިހާރުވެސް އައްޑޫގެ އެކިއެކި ދާއިރާތަކުގައި ކެމްޕެއިން ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.
ދެކުނުން އައްޑޫގައި ކެމްޕެއިން ހަރަކާތް ކުރިއަށް ދާއިރު، ޢަބްދުﷲ ޝާހިދުގެ ކެމްޕެއިން ޓީމުގެ ފަރާތުން ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ކެމްޕެއިން ދަތުރުތައް ކުރައްވައި، ކެމްޕެއިން ދަނީ ރުކުރަވާލަމުންނެވެ.
މިއަދު ގުރައިދޫއަށް ކުރައްވަން ހަމަޖެހިފައިވާ ކެމްޕެއިން ދަތުރުގައި، ދޮރުންދޮރަށް ވަޑައިގެން ވޯޓު ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންކަމުން ރާއްޖޭގެ ދެކުނާއި، އުތުރާއި، މެދު ރާއްޖެތެރޭގައި އެއްވަގުތެއްގައި ޢަބްދުﷲ ޝާހިދުގެ ކެމްޕެއިން ހަރަކާތް ފޯރިޔާއެކު ކުރިއަށް ދާކަން ފާހަގަ ކޮށްލެވެއެވެ.
މި ކެމްޕެއިންތަކުން ޢަބްދުﷲ ޝާހިދަށް އިތުރުވަމުންދާ ތާއީދަށް ބަލާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެންމެ ކުރީގައި ވާދަކުރައްވަމުން ގެންދަވަނީ ޢަބްދުﷲ ޝާހިދެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްްވުމަށް ޝަޢުގުވެރިވާ އެހެން ކެންޑިޑޭޓުންނަށް ޝާހިދުގެ ކެމްޕެއިނުގައި ހުރި ފޯރިއާއި އެއްވަރަށް ކެމްޕެއިން ފެށޭވަރު އަދި ވަނީ މިހާތަނަށް ނުވެފައެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...