ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ ސަރުކާރުން

ބަޖެޓު ސަޕޯޓަށް ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ވިއްކި ޓީ-ބިލުތަކަށް އެރި 45 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ދައްކާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށް އެ ގައުމުން ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ. 2019 ވަނަ އަހަރު ނެގި މި ލޯނާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވާލް ވިދާޅުވީ، ޓީ-ބިލުތަކުގެ އަސްލު އަދަދު ދިވެހި ސަރުކާރުން ދެއްކި ނަމަވެސް، ފާއިތުވި ފަސް އަހަރު އެ ލޯނަށް އެރި 45 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ހަމަޖައްސައިދިނީ އިންޑިއާ ސަރުކާރުން ކަމަށެވެ.
މި ޓީ-ބިލުތަކުގެ ފައިސާ ދެއްކުން ހަ ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު، ފުރަތަމަ ޕޭމަންޓު ޖެނުއަރީ 2024 ގައި އަދި ދެވަނަ ޕޭމަންޓު މިއަހަރުގެ މެއި 11 ގައި ވަނީ ދައްކާފަ އެވެ. މި ދެ ފަހަރުވެސް 50 މިލިއަން ޑޮލަރުގެ މަގުން ދައުލަތުން ފައިސާ ދެއްކުމުން، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ މިކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް އުފާ ފާޅުކޮށްފަ އެވެ. ސަރުކާރުގެ އިސް އޮފިޝަލުން މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވާއިރު، މި ދަރަނި އަދާކުރުމަށްފަހު ދައުލަތުގެ ރިޒާވް މައިނަސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް މިހާރު ވަނީ އާންމުވެފަ އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...