Aanmu

ޕީއެންސީ ކޮންގްރެސްގައި ވޯޓަށް މަކަރު ހެދިކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށް، ދައުލަތުގެ އިންތިޚާބުތައް ވެސް ކޮންގްރެސްގައި ވޯޓްލި ޑިޖިޓަލް ނިޒާމަށް ބަދަލުކުރަން ފުއާދު ގޮވާލައްވައިފި

ޝަފްރާޒް ނައީމް

ދައުލަތުން ބާއްވާ އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށް ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ގޮވާލައްވައިފި އެވެ. ޕީއެންސީގެ ކޮންގްރެސްގައި ބޭނުންކުރި ޑިޖިޓަލް ވޯޓިން ނިޒާމަކީ ވަރަށް ފުރިހަމަ ފެށުމެއް ކަމަށާއި، މި ނިޒާމުގެ ސަބަބުން ވޯޓުލުމަށްފަހު ވަގުތުން ނަތީޖާ ލިބި، އިންތިޚާބުތަކުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނިޒާމަށް ބަދަލުވުމުން ދައުލަތުގެ ޚަރަދުތައް ކުޑަވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް ފުއާދު ފާހަގަކުރެއްވި އެވެ. ޚާއްސަކޮށް، ކޮންމެ އިންތިޚާބެއްގައި ވެސް އެތައް ހާސް ވޯޓު ކަރުދާހެއް ބޭނުންކުރަން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށާއި، ޕީއެންސީން މި ދެއްކި ނަމޫނާއަށް އެހެން ޕާޓީތަކުން ވެސް ތަބާވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިސް ބޭފުޅުން ވެސް އީ-ވޯޓިން ނިޒާމަށް ދިއުމަށް ވަކާލާތު ކުރައްވަމުން ގެންދަވާއިރު، މިއީ އިންތިޚާބުތައް އޮޅުވާލުމަށް ސަރުކާރުން ރާވަމުންދާ ހީލަތްތެރި ރޭވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ކުއްލިއަކަށް ބަދަލުތައް ގެނައުމުގެ ބަދަލުގައި، މަރުހަލާތަކަކަށް ބަހާލައިގެން މި ނިޒާމަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފުއާދު ދެކެވަޑައިގަންނަވަ އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...