Aanmu

ޕީއެންސީގެ ރިޔާސީ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި މުއިއްޒަށް: ޕާޓީގެ ތެރޭ ހަމަނުޖެހުންތައް ބޮޑު، އާންމު މެމްބަރުން ބޭނުން ވަނީ އާ މޫނެއް

ޝަފްރާޒް ނައީމް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުން ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް، އެއްވެސް ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް ނިންމާފަ އެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން މި ނިންމުން ނިންމާފައިވަނީ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 1،019 މެންބަރުންގެ އިއްތިފާގުންނެވެ. މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހައްގު ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސިޔާސަތުތަކަށް ތައުރީފު އޮއްސާލާފަ އެވެ.

މި ފަހުގެ ބަދަލުތަކުގެ ތެރެއިން، ޕީއެންސީގެ ސެނެޓަށް އިންތިހާބުވި އައިމިނަތު ނަމްޒާ، މަގާމާ ހަވާލުވެވަޑައިގަތްތާ އެންމެ ދުވަހެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމަކީ ޕާޓީގެ އެތެރޭގެ ހިންގުމާމެދު ސުވާލު އުފެދޭ ކަމެކެވެ. ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަމްޒާ އިސްތިއުފާ ދެއްވީ، ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރުއްވުމަކީ ޕީއެސްއެމްގެ ބޯޑު މެންބަރުކަމުގެ ޝަރުތު އުނިވާ ކަމަކަށްވާތީ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުތަކާއި ސެނެޓުގެ ބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ބޭރުފުށުން އިންތިހާބެއްގެ ސިފަ ޖެހިފައިވީ ނަމަވެސް، މިއީ ކުރިއާލައި ރޭވިފައިވާ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކުރެވޭ ކަންތައްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
އާންމު މެމްބަރުން މުއިއްޒު ނޫން ގޮތެއް ބޭނުންވާ ކަމަށާއި، އެއްތަނަކަށް އެންމެން އެއްކޮށްގެން މަޖުބޫރުކޮށްގެން ވޯޓު ދޭން ޖެހުމަކީ އެއްވެސް ކަހަލަ އިޚްރިޔާރެއް އޮތް ކަމެއް ނޫން ކަމަށް ވޯޓުގައި ބައިވެރިވި ފަރާތަކުން މި ނޫހަށް ހާމަ ކުރިއެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...