Aanmu

ގައިދީންނަށް ފަރުވާދިނުމުގައި މުއިއްޒުގެ ސަރުކާރުން ދަނީ ބޮޑެތި އިޚްމާލުތައް ވަމުން: އެޗްއާރްސީއެމްގެ ރިޕޯޓް

ޝަފްރާޒް ނައީމް
Featured image

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. ސަރުކާރުގެ މި މުއައްސަސާގެ އިދާރީ އޮޅުންބޮޅުންތަކާއި، ގައިދީން އެސްކޯޓް ކުރުމަށް އޮފިސަރުން ހަމަނުޖެހުމުގެ ސަބަބުން، ގައިދީންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މި ރިޕޯޓުން ސާބިތުވެ އެވެ.‏

ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ގައިދީންނަށް ފަރުވާ ދިނުން ލަސްވި ސަބަބުތަކުގެ ތެރެއިން 49.9 ޕަސަންޓަކީ އެސްކޯޓް އޮފިސަރުން ނެތުމެވެ. ނަމަވެސް، މި ސަރުކާރުގެ ދަށުން މި އަދަދު ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން 2025 ގައި 46.9 ޕަސަންޓުގައި ހުރި މި މައްސަލަ، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 63.2 ޕަސަންޓަށް ވަނީ އުފުލިފަ އެވެ. މިއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކަރެކްޝަންސް ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ހެއްކެކެވެ.‏

މީގެއިތުރުން، ކަރެކްޝަންސްގެ އިދާރީ އޮޅުންތަކުގެ ސަބަބުން ފަރުވާ ލަސްވާ މިންވަރު ވެސް ވަނީ 7.7 ޕަސަންޓުން 13.2 ޕަސަންޓަށް އިތުރުވެފަ އެވެ. މިއީ ހަމައެކަނި އިދާރީ މައްސަލައެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށާއި، ސަރުކާރުން މި މުއައްސަސާތައް ހިންގުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގައިދީންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޑޮކްޓަރަށް ދައްކަން ގެނެސް ބައިތިއްބާނެ ޖާގަ ނެތުމާއި، ބޭސް ލިބުން ލަސްވުން ފަދަ ކަންކަމަކީ މި ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން ހިނގަމުންދާ ކަންކަމެވެ.‏

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...