ޕީއެންއެފްގެ މެމްބަރުން ވަކިކުރާ މައްސަލަ ޕޮލިހަށް؛ އީސީގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާފައިވާ ޕީއެންއެފްގެ މެމްބަރުންނަށް ނޭނގި ޕާޓީން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި މިއަދު ފުލުހަށް ހުށަހެޅުމަށް އެ ޕާޓީން ނިންމައިފި އެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އީސީގެ އަމަލުތައް ހައްދުން ނައްޓާފައިވާ ކަމަށާއި، ޕާޓީގެ މެމްބަރުންނަށް ނޭނގި ޕާޓީން ވަކިކުރަމުންދާކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ. ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އިސްލާހު ނުވުމުން، މި މައްސަލަ މިއަދު މެންދުރު 2:00 ގައި ފުލުހަށް ހުށަހަޅާނެ ކަމަށް މަލީހު ވަނީ އިއުލާން ކުރައްވާފަ އެވެ.
މި ތުހުމަތުތައް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަކީލް ވަނީ މުޅިން ދޮގުކުރައްވާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި، ޝަކީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން، މީހަކަށް ނޭނގި އެހެން މީހަކު ޕާޓީއަކަށް ނުވަތަ ޕާޓީއަކުން ވަކިކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...