Aanmu

ޕީއެންސީ ކޮންގްރެސް: ވޯޓުގެ ނަތީޖާ ކުރިން ލީކުވެ، ލީޑާޝިޕުން ވޯޓު އޮޅުވާލި ކަމުގެ ތުޙުމަތު

ޝަފްރާޒް ނައީމް

ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގައި ނެގި ވޯޓުތަކުގެ ނަތީޖާ، އިންތިހާބުގެ ދެ ދުވަސް ކުރިން ލީކުވި ލިސްޓަކާ ދިމާވުމުން، ޕާޓީގެ ލީޑާޝިޕުން އިންތިހާބަށް ނުފޫޒު ފޯރުވި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަކި ބަޔަކަށް ވޯޓުލުމަށް ލީޑާޝިޕުން މެންބަރުންނަށް އެންގިކަން ވަނީ ކަށަވަރުވެފައެވެ. މިކަމާ ގުޅޭ ލިސްޓެއް މެންބަރުންނަށް ފޮނުވަމުންދިޔަ ކަމުގެ ހެކިތައް ލިބިފައިވާއިރު، ކޮންގްރެސްގައި ނެގި ހުރިހާ ވޯޓެއްގެ ނަތީޖާ ވެސް ނިމިފައިވަނީ އެ ލިސްޓުގައިވާ ގޮތަށެވެ. މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއާ މެދު ސުވާލު އުފެދޭ ފަދަ ކަންކަމެވެ.

މިގޮތަށް މިކަން ހިނގާފައިވާއިރު، އިލެކްޝަން ކޮމިޝަން އާއި މިވަގުތު ހަވާލުވެގެން ހުންނެވީ ރައީސް މުއިއްޒު އަށް ތާޢީދު ކުރާ ސިޔާސީ ފަރާތެކެވެ. އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ދަނީ ކުރަމުންނެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...